”ރައްޔިތުންގެ އަޑު“ ޕޯޓަލްގެ ޕްރައިވެސީ ޕޮލިސީ
މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޤާއިމުކޮށްފައިވާ ”ރައްޔިތުންގެ އަޑު“ ޕޯޓަލުން ޚިދުމަތް ދިނުމުގައި، އެއްކުރެވޭ މަޢުލޫމާތާއި، ބޭނުންކުރެވޭ މަޢުލޫމާތާއި، ރައްކައުކުރެވޭ މަޢުލޫމާތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢަމަލުކުރާނެ ގޮތް ބަޔާންކުރާ ޕޮލިސީއެވެ. ”ރައްޔިތުންގެ އަޑު“ ޕޯޓަލް ބޭނުންކުރުމުން މި ޕޮލިސީގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް އެއްބަސްވެވުނީއެވެ.
އެއްކުރެވޭ މަޢުލޫމާތު
- ’ވަންގަވް‘ އައިޑީ އާ ގުޅިފައިވާ ’އީފާސް‘ އެކައުންޓުން ތިޔަ ފަރާތުގެ ޒާތީ މަޢުލޫމާތުގެ ތެރޭގައި ހިމެނޭ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އެޑްރެހާއި، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ފަދަ މަޢުލޫމާތު އެއްކުރެވޭނެއެވެ.
- ’އީފާސް‘ އެކައުންޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ’ވަންގަވް‘ އައިޑީގެ އެކްސެސް ބާޠިލުކުރުމުގެ އިޚްތިޔާރު ތިޔަ ފަރާތަށް ލިބިގެންވެއެވެ.
- އިތުރު ޒާތީ މަޢުލޫމާތެއް ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ، އެ މަޢުލޫމާތު ޙިއްޞާ ނުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އިތުރު ޒާތީ މަޢުލޫމާތެއް ބޭނުންވާނަމަ، އެކަން ތިޔަ ފަރާތަށް އެންގޭނެއެވެ.
- ބްރައުޒާރގެ ތަފްޞީލާއި، ޑިވައިސްގެ ބާވަތާއި، އައިޕީ އެޑްރެސް ފަދަ ޒާތީ ނޫން މަޢުލޫމާތު އެއްކުރެވޭނީ ހަމައެކަނި އެނަލިޓިކަލް ބޭނުމަށެވެ.
ޒާތީ މައުލޫމާތު ބޭނުންކުރުން
- ’އީފާސް‘ އެކައުންޓުން އެއްކުރެވޭ ޒާތީ މަޢުލޫމާތު ބޭނުންކުރާނީ ’ވަންގަވް‘ އައިޑީ ޕްރޮފައިލް ޤާއިމުކުރުމަށެވެ.
- މި ޕޯޓަލުގެ ޚިދުމަތް ބޭނުންކުރާއިރު އަދި ބޭނުންވާ މެސެޖުތައް ހުށަހަޅާއިރު، ކުރިން ޙިއްޞާކުރުމަށް ހުއްދަ ދީފައިވާ ޒާތީ މަޢުލޫމާތު، ބޭނުންކުރާނީ ތިޔަފަރާތުން އެދޭ ޚިދުމަތް ޕްރޮސެސްކުރުމަށެވެ.
- އެއްކުރެވޭ މަޢުލޫމާތުގެ ތެރެއިން، ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް، ތިޔަފަރާތުން އެދުނު ޚިދުމަތާ ގުޅޭ ނޮޓިފިކޭޝަން ފޮނުވުމަށް ބޭނުން ކުރެވިގެންދާނެއެވެ.
- މި ޕޯޓަލުގެ ޝަރުޠުތަކާއި އެއްގޮތްވާގޮތުގެ މަތީން ސެކިއުރިޓީ މައްސަލަތަކާއި، ގެއްލުމެއް ލިބިދާނެފަދަ އެހެނިހެން މައްސަލަތައް ނުވަތަ ޤާނޫނާ ޚިލާފު ޙަރަކާތްތައް ދެނެގަތުމަށާއި، ހުއްޓުވުމަށާއި، ޙައްލުކުރުމަށް ތިޔަ ފަރާތުގެ މަޢުލޫމާތު ބޭނުންކުރުން އެކަށީގެންވެއެވެ.
- ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ޒާތީ މަޢުލޫމާތުގެ ތެރޭގައި ނުހިމެނޭ މަޢުލޫމާތު ބޭނުންކުރުން އެކަށީގެންވެއެވެ.
ރައްކައުކުރެވޭ މަޢުލޫމާތު
- ތިރީގައި ބަޔާންކޮށްފައިވާ ”ޒާތީ ނޫން މަޢުލޫމާތު“، ސަރވަރއިން އޮޓަމެޓިކުން އެއްކޮށް، ރައްކައުކުރާނެއެވެ.
1.1 ބްރައުޒަރގެ މަޢުލޫމާތު؛
1.2 ޑިވައިސްގެ ބާވަތް؛
1.3 އިންޓަރނެޓް ޕްރޮޓޮކޯލް (އައި.ޕީ.) އެޑްރެސް؛
1.4 ޕޯޓަލް މެދުވެރިކޮށް އެދޭ ޚިދުމަތްތަކުގެ މަޢުލޫމާތު؛
1.5 ޚިދުމަތާ ގުޅިގެން ދޭ ޖަވާބުތަކާއި، އެ ޖަވާބުތަކުގެ ރިކޯޑު ލޮގް؛
1.6 ކުކީސް
- ޕޯޓަލުން އެއްކުރާ މަޢުލޫމާތު އެއްކުރި މަޤުޞަދު ޙާޞިލުކުރުމަށް ބޭނުންވާ މުއްދަތަށް މަޢުލޫމާތު ރައްކައުކުރެވޭނެއެވެ. މަޢުލޫމާތު ރައްކައުކުރެވެނީ، އެދިފައިވާ ޚިދުމަތަށް ޖަވާބުދާރީވުމަށް ހޭދަވެގެންދާނެ މުއްދަތަށެވެ. ޑޭޓާގެ ބާވަތާއި، އެދިފައިވާ ޚިދުމަތްތައް ބަލައި، މި މުއްދަތު ތަފާތުވުން އެކަށީގެންވެއެވެ.
މަޢުލޫމާތު ޙިއްޞާކުރުން
- ތިޔަފަރާތުގެ މަޢުލޫމާތު ސަރުކާރުގެ އެހެން އިދާރާތަކާއި، މުއައްސަސާތަކާއި ޙިއްޞާކުރެވޭނީ ހަމައެކަނި ތިޔަފަރާތުން އެދިފައިވާ ޚިދުމަތާ ގުޅިގެން ޖަވާބު ދިނުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށެވެ.
- އެއްވެސް ޤާނޫނީ އިދާރާއަކުން ކުރާ އަމުރަކަށް ނުވަތަ ޤާނޫނީގޮތުން އެދޭ އެދުމަކަށް ޖަވާބުދާރީވުމުގެ ގޮތުން، އެ އިދާރާއަކުން އެދޭ މިންވަރަކަށް ތިޔަ ފަރާތުގެ މަޢުލޫމާތު ޙިއްޞާކޮށް ހާމަކުރެވޭނެއެވެ.
މަޢުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރުން
- މި ޕޯޓަލާއި، ޕޯޓަލް މެދުވެރިކޮށް އެއްކުރެވޭ ޒާތީ މަޢުލޫމާތު ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައިފައިވާނެއެވެ.
- މަޢުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި، އެންކްރިޕްޓް ކުރުމާއި، ސެކިޔަރ ސޮކެޓް ލޭޔަރ (އެސް.އެސް.އެލް.) އާއި ފަޔަރވޯލް ފަދަ ޢާންމުކޮށް ބޭނުންކުރާ ސަލާމަތީ ވަސީލަތްތައް ބޭނުން ކޮށްފައިވާނެއެވެ.
- ޕޯޓަލުން އެއްކުރާ މަޢުލޫމާތު ބެލުމުގެ ހުއްދަ ދީފައިވާނީ، އެދިފައިވާ ޚިދުމަތަށް ޖަވާބުދާރީވުމުގެ ބޭނުމަށް، ހުއްދަ ދެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
ކުކީސް
ޕޯޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޕޯޓަލް ބޭނުންކުރުމުގެ ތަޖުރިބާތައް ދެނެގަތުމަށް، ކުކީސް ބޭނުންކުރެވޭނެއެވެ. ބްރައުޒަރ ސެޓިންގސް މެދުވެރިކޮށް ކުކީސް ޕްރިފަރެންސް މެނޭޖްކުރުމުގެ އިޚްތިޔާރު ޚިދުމަތަށް އެދޭ ފަރާތަށް ލިބިގެންވެއެވެ.
ޕްރައިވެސީ ޕޮލިސީ ބަދަލުވުން
މި ޕްރައިވެސީ ޕޮލިސީ އަދާހަމަކުރަމުގެ އިޚްތިޔާރު މި ޕޯޓަލުގެ އެޑްމިނިސްޓްރޭޓަރަށް ލިބިގެންވެއެވެ. އަދި މި ޕޮލިސީއަށް ގެނެވޭ އެއްވެސް ބަދަލަކަށް ޢަމަލުކުރަން ފަށާނީ، އިޞްލާޙުކޮށްފައިވާ ޕޮލިސީ މި ޕޯޓަލުގައި ޝާއިޢުކުރާ ވަގުތުން ފެށިގެންނެވެ.